Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

2.5 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި- ފޮޓޯ: ފުލުހުން

ވައިގެެމަގުން ރާއްޖެއަށް އެތެރެކުރި 2.5 މިލިއަން ރުފިޔާގެ ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

​​ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

​​މިގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެތަހުލީލުތަކުން ކޮކެއިންއަށް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1020 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާކަމަށް ވެސް ކަސްޓަމްސް އިން ލަފާކުރެ އެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.