Last Updated: May 21, 09:33
Wednesday, May 21, 2025
ޚަބަރު

ކަސްޓަމްސް އަށް 164 އޮފިސަރުން ހޯދަނީ

ކަސްޓަމްސް އަށް 164 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ހޯދަން އިއުލާން ކޮށްފި އެވެ.

ކަސްޓަމްސް އިން ކުރި އިއުލާނެއްގައި ބުނީ މި މަގާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައި ކަމަށެވެ.

މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއި އެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި، ދިވެހި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާންޖެހެ އެވެ.

މި މަޤާމުތަކަށް ހޮވޭ ކޮންމެ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު، 5000ރ. ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. އާއި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މަހަކު 1750ރ. އަދި ކޮއްތު ފައިސާގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކަސްޓަމްގެ ވަޒީފާއަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.