ބާސެލޯ ނަސަންދުރާއާ އެކު ޓޫރިޒަމްގެ ދާއިރާއަށް އައު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބާސެލޯ ނަސަންދުރާ ހޮޓެލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ތޯރިގު ވިދާޅުވީ މި ހޮޓެލް ހުޅުވުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އަދި މާލެއަކީ މެހެމާންދާރީ ފުރިހަމަ ރަށެއްގެ ގޮތުގައި ދުނިޔޭގެ ނަޒަރުގައި އިތުރަށް ފާހަގަވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލޭގެ އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ހޮޓެލަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓަލެއް ކަމަށާއި، މި ހޮޓެލުގައި ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން، މި ހޮޓެލް ހުޅުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ސްޕެއިންގެ މަޝްހޫރު ހޮޓެލް ޗެއިން ބާސެލޯ ބްރޭންޑުގެ ދަށުން ތަރައްގީކުރި މި ހޮޓެލްގައި 136 ރޫމް އެކުލެވިގެންވާއިރު މި ހޮޓަލުގައި 95 އޯޝަންވިއު ރޫމް އާއި 116 ލަގްޒަރީ ލަގްޒަރީ ސާވިސް އެޕާޓްމަންޓް ހިމެނެ އެވެ.
މީގެ އިތުރުން 4 ރެސްޓޯރަންޓާއި ޖިމަކާއި ޕޫލަކާއި ސްޕާ އާއި ކޮންފްރެންސް ހޯލް އަކާއި އެގްޒިބިޝަންތަކަށް ހާއްސަ ހޯލެއް ވެސް ހިމެނެ އެވެ.
ފަސް ތަރީގެ މި ހޮޓަލަކީ މާލޭގައި ހުޅުވި މި ފެންވަރުގެ އެންމެ ފުރަތަމަ ހޮޓަލެވެ.