Last Updated: May 21, 10:40
Wednesday, May 21, 2025
ރިޕޯޓް

ނަސޭހަތުގެ މިފަދަ ބަސްތަކުގައި ހިފާށެވެ!

* ތިބާ ފެނުމުން ހިނިތުންވެލާ ކޮންމެ މީހަކީ ތިބާ ދެކެ ލޯބިވާ މީހަކަށް ނުވެދާނެ އެވެ. ބައެއް ހިނިތުންތަކުގައި އެކުލެވިފައި ވަނީ ހަސަދަވެރިކަމެވެ.

* ކީރިތި ރަސޫލާގެ ބަސްފުޅެއްގެ މާނައިގައިވެ އެވެ. މައްޔިތާއާ އެކު ތިނެއްޗެއް ތަބަޢަވެގެން އެވެ. އޭގެ ތެރެއިން ދޭތި އޭނާ ދޫކޮށްދާނެ އެވެ. އެކަތި އޭނައާ އެކު ދެމިހުންނާނެ އެވެ. ދޫކޮށް ދަނީ ދަރިންނާއި މުދަލެވެ. ދެމިހުންނާނީ ކޮށްފައިވާ އަމަލުތަކެވެ.

* ފާފައިގެ ކުޑަބޮޑުމިނަށް ނުބަލާށެވެ. ތިމާއަށް މިއުރެދެވެނި ކާކުގެ އަމުރަކަށްތޯ ބަލާށެވެ. އަދި އެ ފަރާތުގެ މަތިވެރިކަމަށް ބަލާށެވެ.

* ފަޤީރުކަމަކީ ހިތުގެ ފަޤީރުކަމެވެ. ޖީބުގެ ފަޤީރުކަމެއް ނޫނެވެ.

* އުނގެނުން ދޫކޮށްނުލާށެވެ. ދިރިއުޅުން އަަބަދުވެސް އާ ފިލާވަޅެއް ދަސްކޮށްދެ އެވެ.

* ފާފަތަކާ ދުރުހެލިވެ ތިމާ އާއި ނުބެހޭކަންކަން ދޫކޮށްލުމަކީ މީހާގެ ހިތްއަލިކޮށްދޭ ކަމެކެވެ.

* ސަދަގާތް ކުރުން އިތުރުކުރި ވަރަށް ރިޒުގު އިތުރު ކުރައްވާނެ އެވެ. ނަމާދު ގައި ޚުޝޫއަތްތެރިކަން ބޮޑުވި ވަރަކަށް ބާއްޖަވެރިކަން އިތުރުވާނެ އެވެ.

* މަންމަޔާ މުޚާޠަބުކޮށް ދަރިފުޅު ބުންޏެވެ. އަޅުގަނޑު ގެ ހަށިގަނޑުން ހާމަ ކުރަންވީ ކިހާ މިންވަރެއް ހެއްޔެވެ. މަންމަ ބުންޏެވެ. ނަރަކައިގެ އަލިފާނަށް ކެތްކުރެވޭ މިންވަރަށެވެ

* ޒިނޭއަކީ ފަޤީރުކަން ވާރުތަ ކުރާ ކަމެކެވެ.
أسماء بنت أبي بكر الصديق رضى الله عنها ވިދާޅުވެފައިވެއެވެ. زيد بن عمرو بن نفيل ޢުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހެއްގެ ގޮތުގައި ހުއްޓާ ތިމަން ކަމަނާ ދެކެވަޑައިގަތީއެވެ. އޭރު އޭނާ އިންނެވީ ކަޢްބާ އަށް ލެނގިވަޑައިގެންނެވިއެވެ. މީސްތަކުންގެ މެދުގައި ޙުކުމް ކުރައްވަމުން ވިދާޅުވަމުން ގެންދެވިއެވެ. "އޭ ޤުރައިޝުންނޭވެ! ތިޔަބައި މީހުން ޒިނޭ އާއި ދުރުހެލިވާށެވެ. އެއީ ފަޤީރުކަން ވާރުތަ ކުރާ ކަމެކެވެ. (تاريخ دمشق لابن عساكر 513/19)

* ކީރިތި ރަސޫލާގެ ހަދިޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. ތިޔަބައި މީހުންގެ ތެރެއިން މީހަކު ހުކުރު ނަމާދުކޮށްފި ނަމަ ހުކުރު ނަމާދަށް ފަހު ހަތަރު ރަކްޢަތް ކުރާހުށިކަމެވެ.

* ފާފައިގެ ކުޑަބޮޑުމިނަށް ނުބަލާށެވެ. ތިމާއަށް މި އުރެދެވެނި ކާކުގެ އަމުރަކަށްތޯ ބަލާށެވެ. އަދި އެ ފަރާތުގެ މަތިވެރިކަމަށް ބަލާށެވެ.

* ކީރިތި ރަސޫލާގެ ބަސްފުޅެއްގެ މާނައިގައިވެއެވެ. މައްޔިތާއައިއެކު ތިނެއް ޗެއް ތަބަޢަވެގެން އެވެ. އޭގެ ތެރެއިން ދޭތި އޭނާ ދޫކޮށްދާނެއެވެ. އެކަތި އޭނައާއެކު ދެމިހުންނާނެއެވެ. ދޫކޮށް ދަނީ ދަރިންނާއި މުދަލެވެ. ދެމިހުންނާނީ ކޮށްފައިވާ އަމަލުތަކެވެ.

* ތިބާ ފެނުމުން ހިނިތުންވެލާ ކޮންމެ މީހަކީ ތިބާދެކެ ލޯބިވާ މީހަކަށް ނުވެދާނެއެވެ. ބައެއް ހިނިތުންތަކުގައި އެކުލެވިފައިވަނީ ހަސަދަވެރިކަމެވެ.

* ތިބާ ނިކަމެތިކޮށް ނުލާނެ ހަމައެކަނި އެކުވެރިޔަކީ ކީރިތި ޤުރްއާނެވެ. ތިބާއާއި އެކު ކަށްވަޅުގައި ވާނެއެވެ. ތިބާ އާއި އެކު މަޙްޝަރުގައި ވާނެއެވެ. ތިބާ އާއި އެކު ސުވަރުގޭގައި ވާނެއެވެ. ޤުރްއާނުން ފައިދާ ކުރާނެއެވެ. ޝަފާޢަތްތެރިވާނެއެވެ. ދަރަޖަ އުފުލާނެއެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނކޮ! އަޅަމެންނަކީ ކީރިތި ޤުރްއާނުގެ އަހުލުވެރިން ކަމުގައި ލައްވާނދޭވެ!

* އަބާއްޖަވެރިންނަށް ނުވާނެ ތިން މީހުން
ދުނިޔޭގައި އަދި އާޚިރަތުގައި އަބާއްޖަވެރިންނަށް ނުވާނެ ތިން މީހަކުވެއެވެ. އެއީ ކީރިތި ޤުރްއާން ކިޔަވައި އެއާއި އެއްގޮތަށް ޢަމަލު ކުރާ މީހައެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވަނީ ‎﴿مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ﴾ (سورة طه ٢) މާނައީ:"ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި قرآن ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ." ދަތި ޙާލަތުގައްޔާއި ތަނަވަސްކަމުގެ ޙާލަތުގައި މާތް ﷲ އަށް ދުޢާ ކުރުމުގައި ދެމިހުންނަ މީހާއެވެ. ‎﴿وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا﴾ ‏(سورة مريم ٤) މާނައީ:" މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ." ތިމާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާ މީހާއެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވަނީ ﴿وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا﴾‏ ‏(سورة مريم ٣٢) މާނައީ:"އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، جبّار އަކު ކަމުގައި ނުލައްވަތެވެ."

* މުޖުތަމަޢު އިސްލާހު ކުރެވޭނީ ޝަރިއަތުގައި ކަނޑައަޅުއްވައިފައިވާ އިންތައް ހުރަސްކުރާ މީހުންގެ މައްޗަށް ވަކި މީހަކު ބެލުމެއް ނެތި އިންސާފު ގާއިމު ކުރެވިގެންނެވެ.

* ރަލާއި މަސްތުވާ ތަކެއްޗަކީ ހުރީ މުންކަރާތްތަކެއްގެ އަސްލެވެ.

* ތިމާޔާ ނުބެހޭ ކަންކަމުގެ ތެރެއަށް ވަދެ ބަސްކިޔާ މީހާއަށް ތިމާ ހިތް ނުރުހޭ އަޑުތަކާއި ވާހަކަތައް އަޑުއަހަން ޖެހިދެ އެވެ.

* ކޮންމެ އިންސާނަކީ ވެސް ކުށެއް ކުރެވިދާނެ މީހެކެވެ. ކުށް ކުރެވޭ މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހުންނަކީ ކުރެވޭ ކުށަށް ތައުބާވާ މީހުންނެވެ.

* ޙަޔާތަކީ ޤާއިމުވެފައިވާ ބާޒާރެއް ފަދަ ތަނެކެވެ. ތިބާ އެ ބާޒާރުގެ ކަންކޮޅުތަކުގައި ހިނގާބިނގާވަމު އެވެ. އަދި ބޭނުންވާ އެއްޗެއް އަތުގައި އޮންނަ ވަށިގަނޑަށް އަޅަމުއެވެ. އެހެން ނަމަވެސް ތިބާ އެ ބަޒާރުން ނެގި ކޮންމެ އެއްޗެއްގެ އަގު ދައްކަން ޖެހޭނެކަން ހަނދާން ކުރާށެވެ.

* ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ތިމަން ކަލޭގެފާނުގެ ނަފުސު އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަށުގައިވާ ރަސްކަލާނގެ ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. ތިޔަބައި މީހުން ހެޔޮކަންކަމަށް އަމުކޮށް، ނުބައިކަންކަން ނަހީ ކުރާ ބަޔަކަށް ވާށެވެ. އެނޫން ކަމުގައިވާ ނަމަ، އެކަލާނގެ ތިޔަބައި މީހުންގެ މައްޗަށް ބޮޑުވެގެންވާ ޢަޒާބެއް ފޮނުއްވައިފާހުއްޓެވެ. އެއަށްފަހު ތިޔަބައި މީހުން ކިތަންމެ ވަރަކަށް ދުޢާކުރި ކަމުގައިވިޔަސް އެކަލާނގެ ތިޔަބައި މީހުންގެ ދުޢާއެއް އިޖާބައެއްނުކުރައްވާ ހުއްޓެވެ."

* އިންސާނާއަކީ ފައިސާ ފޮއްޗަކަށް (ދެމޫނު) ގެ ވެރިއަކަށްވެއްޖެ ނަމަ، މުޅި ޢުމުރު ހޭދަ ކުރަން ޖެހޭނީ އެކަކުގެ ޖީބުން އަނެކެއްގެ ޖީބަށް ނަޤުލުވުމުގައެވެ. ތެދުވެރިއަކަށް ވާށެވެ. އޭރު މީސްތަކުންގެ މެދުގައި ތިބާގެ ދަރަޖަ އުފުލި އަގު މަތިވެރިވެގެން ދާނެ އެވެ.

މައުލޫމާތު: ޝެއިހް މޫސާ އަންވަރު ހަސަން