ބްޕޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) އިން ޕްރޮމޯޓްކުރާ "ބްލޫ ޕްލެނެޓް" ކްލައިމެޓް އެގްރިމެންޓުގައި ރާއްޖެއިން ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބްލޫ ޕްލެނެޓުގެ ފެލޯ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާގެ ހަވާއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.
ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓަކީ 2045 ވަނަ އަހަރުގެ ކުރިން 100 ޕަސެންޓު އިއާދަކުރަނިވި ހަކަތައިން ހަކަތަ އުފައްދަން މަސައްކަތް ކުރަން އެއްބަސްވާ އެއްބަސްވުމެކެވެ. އަދި މިއީ ނަން-ބައިންޑިން އެގްރިމެންޓެކެވެ. އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރު ކުރަން އެ އެގްރިމެންޓުގައި ސޮއިކުރާ ގައުމުތަކަށް ބްލޫ ޕްލެނެޓް އެލަޔަންސުން އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.
ބީޕީއޭ އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަން 2020 ގައި އުފެއްދި ޖަމިއްޔާއެކެވެ. މީގެ ބާނީ އަކީ ހެންކް ރޮޖާސް އެވެ.