Last Updated: May 21, 09:44
Wednesday, May 21, 2025
ޚަބަރު

ހުޅުމާލޭގެ މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފޭސް ދޭއްހެ ހިޔާ ފްލެޓް ސަރަހައްދުގައި މާރާމާރީއެއް ހިންގިކަމުގެ މައުލޫމާތު ލިބުނީ ދަންވަރު 12:00 ޖަހަން އުޅެނިކޮށް ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ އިރު އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ވެސް ދީފައިވެ އެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގި މީހުން ދެ ފޯނެއް ފޭރިގެންފައިވާ ކަމަށް ކަމަށާއި މިކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެެއްވެސް މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ނުބުނެ އެވެ.