މ. މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް މިއަދު އެ ރަށަށް ފުރާވަޑައިގެންފި އެވެ.
މުލީ އެއާޕޯޓް ރަސްމީކޮށް މިއަދި ހުޅުވަން ހަމަޖެހިފައިވާ އިރު، އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ބޭއްވީ މިދިޔަ މަހުގެ 25 ގަ އެވެ. އޭރު މި މަހުގެ 1 ގައި އެއާޕޯޓް ހުޅުވަން ތައްޔާރީތަކެއް ވެސް ވި އެވެ.
ނަމަވެސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން ފަހުން ވަނީ މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުން ފަސްކޮށްފަ އެވެ.
މުލީ އެއާޕޯޓަށް މި މަހުގެ 24 އިން ފެށިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަނީ ދަތުރުތައް ބާއްވަން ތައްޔާރުވަމުންނެވެ.
އާރްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އެއާޕޯޓަށް ދަތުރުތައް ބޭއްވުމަށް ވިލާ އެއާ އާއި މަންޓާ އަށް ވެސް ދައުވަތު ދީފައިވެ އެވެ.
މުލީ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.