މ. މުލީ އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
އެ އެއާޕޯޓް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންނާއި އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވި އެވެ.
މިދިޔަ މަހުގެ 25 ގައި ޓެސްޓް ފްލައިޓް ބޭއްވި މުލީ އެއާޕޯޓަކި އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ ފެބްރުއަރީ، 28، 2021 ގައެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
އެތެރޭގެ އުދުހުންތަކަށް ހާއްސަ މުލީ އެއާޕޯޓަކީ 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކްކުރާނެ އޭޕްރަން ހިމެނޭ ގޮތަށް ހަދާފައިވާ އެއާޕޯޓެކެވެ. ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޓާމިނަލަކާއި، ކޮންޓްރޯލް ޓަވަރަކާއި، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ގިނަ ވަސީލަތްތައް މުލީ އެއާޕޯޓްގައި ގާއިމުކޮށްފައިވެ އެވެ.
މި މަޝްރޫއަށް 200 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.
މުލީ އެއާޕޯޓަށް ގައުމީ އެެއާލައިން، މޯލްޑިވިއަނުން މި މަހުގެ 24 ގައި ދަތުރުތައް ފެށުމަށް ނިންމައި ޓިކެޓް ވެސް ވަނީ ވިއްކަން ފަށައިފަ އެވެ. މޯލްޑިވިއަންގެ މުއްޔަށް ދަތުރުތައް ބާއްވާނީ ކޮންމެ ހަފުތާއެއްގެވެ ސް ހޮނިހިރު ދުވަހު އެވެ. މިއީ ގާތްގަނޑަކަށް 35 މިނެޓުގެ ދަތުރެކެވެ.
މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓްގެ ގޮތުގައި ހުޅުވި މުލީ އެއާޕޯޓަށް ދަތުރުތައް ބާއްވަން ވިލާ އެއާ އާއި މަންޓާ އަށް ވެސް ދައުވަތު ދީފައިވެ އެވެ.