Last Updated: May 21, 10:40
Wednesday, May 21, 2025
ޚަބަރު

ތިން ރިހެބެއްގައި ރިމާންޑް ސެންޓަރު ގާއިމުކޮށްފި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދެމުން އަންނަ ތިން ސެންޓަރެއްގައި ޑްރަގް ރިމާންޑް ސެންޓަރު މިހާރު ގާއިމުކޮށްފައިވާ ކަމަށް ނެޝަނަލް ޑްރަޖް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ އެ ތިން ތަނަކީ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި
ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ އިތުރުން އައްޑޫ ހުޅުދޫ ވިލުނު ސެންޓަރު ކަމަށެވެ.

އެންޑީއޭ އިން ބުނީ އެ ތިން ސެންޓަރުގައި ޑްރަގް ރިމާންޑް ސެންޓަރު ގާއިމުކުރީ މި މަހުގެ 18 ގައި ކަމަށެވެ.

މި ސެންޓަރުތަކުގައި ޑްރަގް ރިމާންޑް ސެންޓަރު ގާއިމުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންް ބައިތިއްބައިގެން ފަރުވާ ދޭން ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އެފަދަ މީހުން އަނބުރާ މުޖުތަމައު އަށް ނެރުމަށް އެންޑީއޭ އިން މިހާރު އަންނަނީ ހާއްސަ ސަމާލުކަމެއްދީ، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.