Last Updated: May 22, 11:36
Thursday, May 22, 2025
ދުނިޔެ

ޖަލަށް ޑްރަގް ވައްދަން އުޅުނު ބުޅަލެއް އަތުލައިގެންފި!

ޖަލަަކަށް މަސްތުވާތަކެތި ވައްދަން އުޅުނު ބުޅަލެއް އަތުލައިގެންފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ކޮސްޓަ ރިކާގަ އެވެ. އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީން ސޯޝަލް މީޑިއާގައި ބުޅާ އަތުލައިގަންނަ މަންޒަރު ފެންނަ ވީޑިއޯއަކާ އެކު ބުނީ މަސްތުވާތަކެތި ހަށިގަނޑުގައި ހަރުކޮށްފައިވާ ބުޅާ އަތުލައިގަތީ ޕޮކޯކީ ޖަލުގެ ފެންސް މައްޗަށް އަރައިގެން އުޅެނިކޮށެވެ.

ޖަލު އޮފިސަރުން ބުޅާ އަތުލައިގަނެ، ބަލައި ފާސްކުރި އިތު އޭގެ ހަށިގަނޑުގައި ހުދު ފޮތިގަނޑެއް އަޅައި ކަރުދާސްގަނޑެއް ވެސް އޮޅައި އޭގެ ނިވަލުގައި މަސްތުވާތަކެތި ފޮރުވައި ޓޭޕް އަޅާފައިވެ އެވެ. ފުލުހުން އެ ފޮތިގަނޑު ކަފާލައިގެން ބެލި އިރު މަސްތުވާތަކެތީގެ ދެ ޕެކޭޖެއް އިނެވެ. އޭގެ ތެރެއިން އެކަތީގައި ހުރީ 235.65 ގްރާމްގެ މެރުއާނާ ކަމަށާއި އަނެއް ޕެކޭޖްގައި ހުރީ 67.76 ގްރާމްގެ ހެރޮއިން ކަމަށް ޖަސްޓިސް މިނިސްޓްރީން ބުންޏެވެ.

މިއީ ބަޔަކު ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން ކޮށްފައިވާ ކަމަކަށްވާތީ މިކަން އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ޖަސްޓިސް މިނިސްޓްރީން ބުންޏެވެ.

ފުލުހުން ވަނީ ވަނީ ނެޝަނަލް އެނިމަލް ހެލްތު ސާވިސްއާ ހަވާލުކޮށްފަ އެވެ.