Last Updated: May 22, 10:48
Thursday, May 22, 2025
ޚަބަރު

އޭދަފުށީގެ މަގުތަކެއް ހަދަން އާރްޑީސީ އަށް

ބ. އޭދަފުށި މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި އިއްޔެ ކޮންސްޓްރަކްޝަން މިނިސްތްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރެވެ.

އެ ކުންފުންޏާ އޭދަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި ހަވާލުކުރީ 75.68 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި ދުވާރުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމު ކުރާނެ އެވެ.