މ. މުއްޔާއި ނާލާފުށި ގުޅާލުމަށް ހަދާ ކޯޒްވޭގެ ޢަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުޢިއްޒު ފަށްޓަވައި ދެއްވައިފި އެވެ.
އެ މަސައްކަތް ކޮންޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ.
އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 125.58 މިލިޔަން ރުފިޔާއަށެވެ. ކޯޒްވޭ މަޝްރޫޢުގެ ދަށުން 655 މީޓަރުގެ ދިގު ކޯޒްވޭއެއް އަޅާނެ އެވެ.
އަދި 112 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުން މި މަޝްރޫޢުގެ ތެރޭގައި ހިމެނެ އެވެ.