ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ކޮމިޝަނުންގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭތީ ސަސްޕެންޑްކޮށްފި އެވެ.
އޭނަ ސަސްޕެންޑްކުރީ މާދަމާއިން ފެށިގެން ތިން ދުވަހަށެވެ. އަދި އެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ޒީނިއާ އަށް އަންގައިފައިވެ އެވެ.
އޭނާ ސަސްޕެންޑުކުރި ސަބަބުތަކުގެ ތެރޭގައި ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައިއާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރުން ހިމެނެ އެވެ.
އޭނަ ސަސްޕެންޑު ކުރަން ނިންމި އިރު ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް އޮތީ ހުށަހަޅައިފަ އެވެ.