Last Updated: July 15, 17:55
Wednesday, July 15, 2026
ޚަބަރު

މޯލްޑިވްސް އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް

މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.

މި އެކްސްޕޯއަކީ ރާއްޖޭގެ ސަގާފަތާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭހެން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދޭ އެކްސްޕޯއެކެވެ.

މި ސްޕޮންސާޝިޕް އެއްބަސްވުމާ ބެހޭ ޚާއްސަ ހަފުލާއެއް މިއަދު ވަނީ ބީއެމްއެލް އޮފީހުގައި ބާއްވާފަ އެވެ. މި ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް، މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ހުސައިން ޒަމީރު އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް އެކްސްޕޯ 2025 ވާނީ އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުގައި ފެންނަ އެންމެ ބޮޑު އެއް ހަރަކާތަށެވެ.

މެއިން ސްޕޮންސަރެއްގެ ހައިސިއްޔަތުން މިފަދަ އިވެންޓެއްގައި ބައިވެރިވުމަކީ ގައުމީ ހުނަރު ކުރިއެރުވުމަށާއި ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރި ސިނާއަތްތައް ބާރުވެރިކުރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ދައްކައިދޭ ކަމެއް ކަމަށް ބީއެމްއެލުން ބުނެ އެވެ.