Last Updated: May 21, 12:04
Wednesday, May 21, 2025
ޚަބަރު

ދިފާއީ ގުޅުން ވަރުގަދަކުރަން މެލޭޝިއާއާއެކު މަޝްވަރާކޮށްފި

ދިފާއީ ގުޅުން ވަރުގަދަކުރަން މެލޭޝިއާއާއެކު ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މެލޭޝިއާގައި ކުރިއަށްދާ ލަންގްކާވީ އިންޓަނޭޝަނަލް މެރިޓައިމް އެންޑް އޭރޯސްޕޭސް އެކްޒިބިޝަންގެ ހަވާސާގައި މެލޭޝިއާގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޚާލިދު ބިން ނޯޑިންއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ސަލާމަތީ ކަންކަމާއި ގުޅޭގޮތުންނާއި ދިފާއީ ގޮތުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކަމަށެވެ.

މި އެކްޒިބިޝަންގައި 24 ގައުމަކުން 860 ފަރާތަކުން ބައިވެރިވެ އެވެ.

މިއީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް މެރިޓައިމް އެންޑް އޭރޯސްޕޭސް އެކްޒިބިޝަނެވެ.