ދެ ރަށެއްގައި ނޭޗާ ޕާކް ތަރައްގީ ކުރަން އިއްޔެ ހަވާލުކޮށްފި އެވެ.
ހދ. ކޭލަކުނާއި ށ. ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި ނޭޗަ ޕާކުތައް ގާއިމުކަން ޓޫރިޒަމް މިނިސްޓްރީން ހަވާލުކުރީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެވެ.
މިއީ ކޮންމެ އަތޮޅެއްގައި ނޭޗަ ޕާކެއް ގާއިމުކޮށް، ރާއްޖޭގެ އުތުރުގައި އިކޯ ޓޫރިޒަމް ތަޢާރަފުކުރުމަށް ރައީސް ރައީސް ޑރ. މުހައްމަދު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ނޭޗާ ޕާކުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ތަރައްގީކޮށް، އެކި ދާއިރާތަކަށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މީގެ ސަބަބުން ރަށްތަކުގެ ޤުދުރަތީ ރީތިކަމާއި، ކާނި ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭ ނޭޗަ ޕާކުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށް ދޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެވެ. އަދި މީގެ ސަބަބުން ސަރަޙައްދުތަކުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ބުންޏެވެ.