Last Updated: May 22, 11:07
Thursday, May 22, 2025
ޚަބަރު

ޑިންގީއެއް އެކްސިޑެންޓްވެ 5 މީހަކަށް އަނިޔާވެއްޖެ

ފީނަން ނުކުމެ އުޅުނު ބަޔަކު ދަތުރުކުރި ޑިންގީއެއްގައި ލޯންޗަކުން ޖެހި ޑިންގީގައި ތިބި މީހުންނަށް ބޮޑެތި އަނިޔާތަކެއްވެއްޖެ އެވެ.

ފުލުހުން ބުނީ ޅ. ގާއެރިފަޅު ކައިރީގައި އެ ހާދިސާ ހިނގި އިރު ޑިންގީގައި ތިބި ފަސް ދިވެހިން ތިބި ކަމަށާއި އެ މީހުންނަށް ބޮޑެތި އަނިޔާތަކެއްވެފައި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 12:33 ހާއިރު އެވެ. އަނިޔާވި މީހުންނަށް ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާގައި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.