Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

މުލީގައި އަޅަނީ 4 ބުރީގެ ހޮސްޕިޓަލެއް

މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ ހަތަރު ބުރީގެ އާ އިމާރާތުގެ މަސައްކަތް އިއްޔެ އިފުތިތާހުކޮށްފި އެވެ.

އެތަނުގެ ބިންގާ އެޅީ އެ ރަށު އެއާޕޯޓް ހުޅުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މުއްޔަށް އިއްޔެ ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލަށް އާ އިމާރާތެއް އަޅައި ދިނުމަކީ ރައީސްގެ ރިޔާސީ ވަޢުދެކެވެ.

އެ ރަށުގައި ހަތަރު ބުރިއަށް އިމާރާތްކުރާ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ މަސައްކަތް ފަށާތާ 780 ދުވަހުގެ ތެރޭފައި ނިންމަން ޖެހޭ އިރު، މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ގެ މެދެއްހާ ހިސާބުގަ އެވެ.

މުލީ އާ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫއަށް 171 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.