Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ޕޮލިސް މީޑިއާ ރިސެޕްޝަން ބާއްވައިފި

"ޕޮލިސް މީޑިއާ ރިސެޕްޝަން 2025" ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގުގައި ރޭ ބޭއްވި އެ ހަފުލާއަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނވަންކަމުގެ ދުވަހާ ގުޅުވައިގެން، ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންގެ އިސްނެންގެވުމަށް ބޭއްވި ހަފުލާއެކެވެ.

އެ ހަފުލާގައި ފުލުހުންގެ އިސްވެރިންބާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ މެންބަރުންނާއި އެކި މީޑިއާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.

އެ ހަފުލާގައި ނަވީން ވަނީ ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކޮށް ދިނުމާއި މީޑިއާ އާއި ފުލުހުންނާ އެކުގައި މަސައްކަތްކުރެވިދާނެ ރޫހު ކުރިއަ ށްވުރެ ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ހަފުލާއެއް ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނާ ހަމައަށް ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ގެނެސްދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ އިހުތިރާމާ އެކު މުއާމަލާތް ކުރުމަށާއި ދެ ފަރާތުން ވެސް އެ އިހުތިރާމު ދެމެހެއްޓުމަށް މަސައްކަތްކުރުން މުހިއްމު ކަމަށެވެ.

ހަފުލާގައި މީޑިއާތަކުގެ އަގުވަޒަންކޮށް ކޮންމެ މީޑިއާއަކަ ށްވެސް ފުލުހުންގެ ފަރާތުން ހަނދާނީ ޓޯކަންއެއް އަރުވާފައިވެ އެވެ.