ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ މިއަދުން ފެށިގެބް ތިން ދުވަހަށް ސަސްޕެންޑްކުރުމާ ގުޅިގެން އެ ކޮމިޝަނުގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލުމަށްފަހު ގެއަށް ހިނގައްޖެ އެވެ.
އެނގފައިވާ ގޮތުގައި މުއައްޒަފުންތަކެއް އެގޮތަށް އަމަލުކުރީ އެ މީހުންގެ ކަންބޮޑުވުން ހިމެނޭ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ކޮމިޝަނުން ބަދަލު ހިފުމުގެ ރޫހެއްގައި މަސައްކަތްކޮށްފައިވާތީ އެވެ.
މުވައްޒަފުން ބުނީ ތަން ހިންގަން ހުރި އެންމެ އިސްވެރިޔާ، ޒީނިއާ ސަސްޕެންޑް ކުރިކަން އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށާއި އެއީ އެއްވެސް އިޖުރާތެއް ފުރިހަމަ ނުކޮށް އިދާރީ އޮނިގަނޑާއި ހިލާފަށް ކުރި ކަމެއް ކަމަށެވެ. އަދި މިއީ މުވައްޒަފުންނަށް ބިރު ދައްކަން ކުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
ބްރޯޑްކޮމިން ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑް ކުރަން ނިންމީ އިއްޔެ އެވެ. އަދި އެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ވެސް އަންގާފައިވެ އެވެ.