Last Updated: May 23, 06:09
Friday, May 23, 2025
މުނިފޫހިފިލުވުން

ވިކީ ލުއިކުރީ 15، ރަންބީރަށް 12 ކިލޯ

މިހާރު ޝޫޓިން ކުރިއަށްދާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" އަށް ވިކީ ކޯޝަލް 15 ކިލޯ އަދި ރަންބީރް ކަޕޫރް 12 ކިލޯ ލުއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ޝޫޓިން މިދިޔަ އަހަރުގެ ފަހުކޮޅު ފެށި ފަހުން އެ ދެ ތަރިން ވެސް ފެންނަނީ ވަރަށް "ލީން" ކޮށެވެ. މީޑިއާތަކުން ބުނީ "ލަވް އެންޑް ވޯ" ގައި ވިކީ އާއި ރަންބީރް ވެސް ކުޅެނީ އަސްކަރީ އޮފިސަރުންތަކެއްގެ ރޯލު ކަމަށާއި ދެ ތަރިން ވެސް ބަރުދަނުން އެތައް ކިލޯއެއް ލުއި ކުޅެން ޖެހޭ ކެރެކްޓްތަކަށް ފިޓްވުމުގެ ގޮތުން ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ދެ ތަރިން ކުރިން އެހެން ދެ ފިލްމަކަށް ހަށިގަނޑު ވަރަށް ބިޔަކޮށް ވަރުގަދަކޮށްފައިވާކަމެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ޗާވާ" އަކީ ވަރުގަދަ ބިޔަ ހަށިގަނޑަކާ އެކު ވިކީ ފެނިފައިވާ ފިލްމެކެވެ. މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ބުނެފައިވާ ގޮތުގައި އެ ފިލްމު ކުޅުނު އިރު ބަރުދަން ހުރީ 100 ކިލޯ އިން މަތީގަ އެވެ.

ރަންބީރަކީ 2018 ގެ "ސަންޖޫ" ގައި ސަންޖޭ ދަތުގެ ކެރެކްޓާ ކުޅެން ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނައި އެކްޓަރެކެވެ. އެ ފިލްމުގައި ވިކީ ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އިރު، "ލަވް އެންޑް ވޯ" އަކީ އޭނަ އާއި ރަންބީރް އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ.

ބަންސާލީގެ ފިލްމަށް އަށް އާއި ރަންބީރް ހަށިގަނޑަށް ގެނައި ބަދަލަކީ މި ފިލްމަށް ބޮޑު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާނެ ކަމަށް ބެލެވޭ ފިލްމުގެ ބަތަލާ އަކީ ރަންބީރްގެ އަންހެނުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން "ލަވް އެންޑް ވޯ" ގައި އާލި ފެންނާނީ ކެބަރޭ ނެށުންތެރިއެއްގެ ރޯލުންނެވެ.