ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް އައްޔަންކޮށްފިއެވެ.
އެ މަގާމަށް އައްޔަންކޮށްފައި ވަނީ ގއ. ވިލިގިނލި، އާބާދު، ތަމްރީން ރަޝީދު، 31، އެވެ.
ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރުމާ ގުޅިގެން އޭނަ ވަނީ ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށާއި ވިލިނިގިލި ދާއިރާގެ މަޖިލިސް މެންބަރު، އާޒިމް އަބްދުލް އަޒީޒް ޝުކުރު އަދާކޮށްފަ އެވެ.
ސީނިއާ ޕޮލިޓިކަލް ޑިރެކްޓަަރެއްގެ މުސާރައަކީ 25،500ރ. އެވެ.
މިދިޔަ އަހަރުގެ މެއި 30 ގެ ނިޔަލަށް ސްޕޯޓްސް މިނިސްޓްރީގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި 195 މީހުން ތިބި ކަމަށް ދެއްކި ނަމަވެސް މިހާރު އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިބީ ކިތައް މީހުން ކަމެއް ސާފެއް ނޫނެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދަ އެވެ.