Last Updated: May 23, 11:06
Friday, May 23, 2025
ޚަބަރު

ބ. އަތޮޅަށް ވެސް އައިޑީ ކާޑުގެ ހިދުމަތް

އަައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ބ. އަތޮޅުގައި ވެސް ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިިން ބުނީ މިހާރު ބ. ދަރަވަންދު އާއި އޭދަފުށީ ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދޭނެ އެވެ.

އައިޑީ ކާޑުގެ ޚިދުމަތް މިއަ ހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ގައުމުތައް ކަމަށްވާ ސްރީ ލަންކާ އާއި އިންޑިއާ އާއި މެލޭޝިއާގެ އިތުރުން އިނގިރޭސިވިލާތުގައި އެ ޚިދުމަތް ދޭން ނިންމާފައިވާ އިރު، ރާއްޖެ އިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާ އެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް އަތޮޅުތެރޭގެ ރައްޔިތުންނާ ގާތުން ދިނުމުގެ ގޮތުން އެންމެ ފުރަތަމަ އެ ހިދުމަތް މިދިޔަ އަހަރު ތައާރަފުކުރީ ގއ. ވިލިނގިލީގަ އެވެ.