Last Updated: May 23, 06:09
Friday, May 23, 2025
ޚަބަރު

ގައިދީންނަށް ޤުރުއާން އުނގަންނައި ދޭން އެއްބަސްވުމެއް

ޤައިދީންނަށް ކީރިތި ޤުރްޢާން އުނގަންނައި ދިނުމާ ގުޅޭ ގޮތުން ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒާ އެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން އެެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސަލްމާން މިސްކިތުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްއި، އެމްސީއެސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ސަޢުދާނެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތްތަކާ އެއްގޮތަށް ކަރެކްޝަންސް ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދުމަ ގުން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށް ދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތަކަށް މަގުފަހިކޮށް ދިނުމެވެ.

މި އެއްބަސްވުމުގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ކީރިތި ޤުރްޢާން އާ ބެހޭ ޤައުމީ މަރުކަޒުން ޖަލުތަކުގައި ތިބި ގައިދީންނަށް ޤުރްޢާން ކިޔަވަން ދަސްކޮށްދީ ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެ އެވެ.

މީގެ އިތުރުން ކުޑަކުދިން ބަންދުރާ މަރުކަޒުގައި ތިބި ކުޑަކުދިންނަށްގެ ތަޢުލީމީ ފެންވަރަށް ރިޢާއަތްކޮށް ކްލާސްތައް ނަގައިދޭނެ އެވެ.