Last Updated: June 11, 06:23
Thursday, June 11, 2026
ދުނިޔެ

ސްކޫލް ބަހަކަށް ދިން ހަމަލާއެއްގައި 5 މަރު

ޕާކިސްތާންގެ ބަލޮޗިސްތާން ސަރަހައްދުގެ ސްކޫލް ބަހަކަށް ދިން ބޮމުގެ ހަމަލާއެއްގައި ފަސް މީހަކު މަރުވެއްޖެ އެވެ،

މީޑިއާތަކުން ބުނީ 40 އެއްހާ ދަރިވަރުން ގޮވައިގެން ދަތުރުކުރި ބަހަށް ދިން ހަމަލާގައި ފަސް މީހަކު މަރުވި އިރު، އޭގެ ތެރޭގައި ތިން ދަރިވަރުން ހިމެނޭ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުން ޒަހަމްވެފައިވެ އެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގައިފައެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުުގައި ބަސް ގޮއްވައިލަން މަސައްކަތްކޮށްފައި ވަނީ ބޮން ހަރުކޮށްގެން ދުއްވި ކާރެއް ބަހުގައި ޖައްސައި ޖާނުންފިދާވެގެންނެވެ.

ހަމަލާ ކުށްވެރި ކުރައްވައި ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީ ވިދާޅުވީ މިއީ ވަރަށް ވެސް ފިނޑި އަމަލެއް ކަމެއް ކަމަށާއި ދަރިވަރުންތަކަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމަކީ ވަރަށް ވެސް ނާތަހުޒީބު އަމަލެއް ކަމަށެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވަނީ ސްކޫލް ބަހަށް ދިން ހަމަލާ އިންޑިއާއާ ގުޅުވައިފަ އެވެ. އޭނަ ވިދާޅުވީ މިއީ އިންޑިއާގެ "ޓެރަރިސްޓް ހަމަލާއަކަށް ވެދާނެ" ކަމަށެވެ.

މިކަމާ ގުޅިގެން އިންޑިއާ އިން ވަކި އެއްޗެއް ނުބުނެ އެވެ.

މި ދަނޑިވަޅަކީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ގޯސްވެފައި އޮތް ވަގުތެކެވެ.