Last Updated: May 23, 10:32
Friday, May 23, 2025
ޚަބަރު

އިޓަލީއާއެކު ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

އިޓަލީއާއެކު ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، އިޓަލީގެ ހެލްތު މިނިސްޓަރު ޕްރޮފެސާ އޮރާޒިއޯ ސްކިލާޗީއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ސިއްހީ ދާއިރާއިން ދެ ގައުމުގެ ދެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި އޭގެތެރޭގައި ތެލެސީމިއާގެ ހިދުމަތާއި، ޓެލެމެޑިސިން އަދި މީހުން ބިނާކުރުމާ ގުޅޭ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

ވޯލްޑް ހެލްތް އެސެމްބްލީގެ ހަވާސާގެ ތެރެއިން މިނިސްޓަރު ނާޒިމް ގެންދަވަނީ އެކި ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ބައްދަލުކޮށް ސިއްހީ ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ.

އެގޮތުން ސިއްހީ ދާއިރާ ހަރުދަނާކުރަން ތައިލެންޑާއެކު އެއްބަސްވުމެއް ހަދާފައިވާއިރު، ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ސައިޕްރަސްއާއެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.