Last Updated: June 16, 13:50
Monday, June 16, 2025
ޚަބަރު

ޒުވާން ޚަތީބުންގެ ތިންވަނަ ބުރަށް އިންޓަވިއު ފަށައިފި

’ޒުވާން ޚަޠީބުން' ތަމްރީނު ކުރަން ހިންގާ ޕްރޮގްރާމުގެ ތިން ވަނަ ބުރަށް މާލެ ސަރަހައްދުން ކުރިމަތިލި ޒުވާނުންނާ އިންޓަވިއު ކުރަން ފަށައިފި އެވެ.

ތިން ބުރުގައި ބައިވެރިވާން ރާއްޖޭގެ އެކި ހިސާބުތަކުން 338 ފަރާތަކުން ވަނީ ފޯމު ހުށަހެޅި ނަމަވެސް ޝަރުތުހަމަވެފައި ވަނީ 269 ފަރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

’ޒުވާން ޚަޠީބުން' ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދު ކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތައް ދޭނެ އެވެ.

މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއި ލިބިފައިވާ ކަަމަށް މިނިސްޓްރީން ބުންޏެވެ.