އަންނަ މަހުގެ ތެރޭގައި ފާހަގަކުރާ މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އައްޑޫ ނޭޗާ ޕާކުން ޒުވާނުންނަށް ހާއްސަކޮށްގެން ތިމާވެށީގެ މައްސަލަތަކާ ގުޅޭ ބަހުސް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ބަހުސްގެ މައުޟޫއަކީ "ޕްލާސްޓިކް: ފްރެންޑް އޯ ފޯ" އެވެ. އެ މައުޟޫ އަށް އައްޑޫ ނޭޗާ ޕާކުން އިންތިޒާމުކުރާ ބަހުސް މުބާރާތް ކުރިއަށް ގެންދާނީ އަންނަ މަހުގެ 4 ވަނަ ދުވަހު މެންދުރު ފަހު 3:00 ގައި ހިތަދޫގައި ހުންނަ ނޭޗާ ޕާކްގަ އެވެ.
މުބާރާތް ކުރިއަށް ގެންދާނީ ހަ ޓީމު ވާދަކުރާ ގޮތަށް ކޮންމެ ޓީމެއްގައި ހަތަރު ބައިވެރިން އެކުލެވޭ ގޮތަށެވެ. އެހެންވެ ބަހުސް މުބާރާތުގައި ވާދަކުރަން ބޭނުންވާ ޒުވާން ޓީމުތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މުބާރާތުގެ އެެއް ވަނަ ޓީމަށް 3،000ރ. ދެވަނަ އަށް 2،000ރ. އަދި ތިން ވަނަ ޓީމަށް 1،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.
ތިމާވެށީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ޖޫން މަހުގެ 5 އެވެ.