Last Updated: June 16, 13:50
Monday, June 16, 2025
ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު 146 ކުއްޖަކު

ބައްޕައަކު ދަރިއަކު އުރާލައިގެން.

މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ހަތަރު ކުއްޖަކާ އެކު މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 146 ކުދިން އެބަތިބި ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ވަނީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.

މިނިސްޓްރީން ބުނީ މިދިޔަ މަހާ ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 146 ކުދިން ތިބި އިރު، އޭގެ ތެރޭގައި ހިމެނެނީ 83 ފިރިހެން ކުދިންނާއި 63 އަންހެން ކުދިން ކަމަށެވެ.

މީގެ އިތުރުން ފޯސްޓަރިންގެ ނިޒާމުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު މިދިޔަ މަހު ވަނީ ފޯސްޓަ އައިލާއަކާ ހަވާލުކޮށްފައިވާ އިރު، މި ސަރުކާރު ފަހުން 72 ކުއްޖަކު ވެއްޓަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ހަތަރު ކުއްޖަކަށް މިދިޔަ މަހު ވަޒީފާ ނުވަތަ އިންޓާންޝިޕް ފުރުސަތު ވެސް ފަހިކޮށް ދީފައިވެ އެވެ.