Last Updated: July 14, 20:37
Monday, July 14, 2025
ޚަބަރު

ލިވާތަށް ދައުވަތު ދިން ބިދޭސީ ޓީޗަރު ޑީޕޯޓްކުރަނީ

ތުހުމަތު ކުރެވޭ އިންޑިއާގެ ޓީޗަރު. ފޮޓޯ/ ސޯޝަލް މީޑިއާ

އެއްޖިންސުން ގުޅުން ހިންގައި ދައުވަތުދީ އެކި މީހުންނަށް މެސެޖްތައް ކުރަމުން ދިޔަ ބ. ގޮއިދޫ ސްކޫލްގެ އިނގިރޭސި ކިޔަވައިދޭ އިންޑިއާ ޓީޗަރު ބްލެކް ލިސްޓުކޮށް ޑީޕޯޓްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ގޯރީސަންކަރު ޕީޖީ ނަމަކަށް ކިޔާ އެ ޓީޗަރު ގޮއިދޫގެ ފިރިހެނުންނަށް މެސެޖްކޮށްފައިވާ ޗެޓްލޮގްތަކެއް މި ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވެ އެވެ. އެ މައްސަލަ ފެންމަތިވުމުން އެ ރަށުގެ ބަޔަކު ވަނީ އޭނަ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އޭރު ފުލުހުން ބުނީ މައްސަލަ ހުށަހެޅުމުން ކަމާ ގުޅުންހުރި އެހެން އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސް މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ ޓީޗަރުގެ ފަރާތުން ފެންމަތިވި އަހުލާގީ މައްސަލައާ ގުޅިގެން އޭނަ ޑީޕޯޓްކޮށް ފޮނުވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

.