Last Updated: June 16, 13:50
Monday, June 16, 2025
ޚަބަރު

ހަފުތާއެއްގެތެރޭ ސްކޭމްތަކުން 481،000ރ. ފޭރިގެންފި

ސްކޭމްކޮށްގެން ފާއިތުވި ހަފުތާގެ ތެރޭގައި 481،000 އަށް ވުރެ ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެތަނުން ބުނީ މި މަހުގެ 13-19 ގެ ނިޔަލަށް ސްކޭމްގެ 45 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ސްކޭމްތަކުން ޖުމްލަ 481،520.67 ރުފިޔާ ގެއްލިފަވާ އިރު 383،610.08ރ. ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ސެންޓަރުން ބުންޏެވެ.

ގެއްލުނު ފައިސާގެ ތެރެއިން 80 ޕަސެންޓް ހޯދި އިރު އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތައް ކަމަސް ވެސް އެންޓި-ސްކޭމް ސެންޓަރުން ބުންޏެވެ. އެ ބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައި ވަނީ ފޭސްބުކް މާކެޓްޕްލޭސް އެވެ. އެގޮތުން މާކެޓްޕްލޭސްގެ 20 މައްސަލައެއް ފާއިތުވި ހަފްތާއެއްގެ ތެރޭގައި ހުށަހަޅާފައިވެ އެވެ.

ހުށަހަޅާފައިވާ ސްކޭމްގެ ބާވަތްތަކުގެ ބާބަތްތަކުގެ ތެރޭގައި ހިމެނެނީ:

▪️ ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް: 10 މައްސަލަ
▪️ ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް: 5 މައްސަލަ
▪️ އިމްޕާސަނޭޝަން، ފިޝިން، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލ: ކޮންމެ ބާވަތަކުން 1 މައްސަލަ

ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތައް:

* ވައިބާ: 9 މައްސަލަ
* ފޯނު ކޯލް 6 މައްސަލަ
* އައިބޭ، މެސެންޖަ، ޓެލެގްރާމް، އިންސްޓަގްރާމް

ސްކޭމްއިން ރައްކާތެރިވުމަށް ހުރިހާ ފަަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.