Last Updated: June 8, 14:06
Monday, June 8, 2026
ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ނިއުމަތަކީ ގުދުރަތީ ރީތިކަން

ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ ގުދުރަތީ ރީތިކަން ކަމަށް ރައީސްޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާގަގަކުރާ ބައިނަލްއަގުވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަހާ ގުޅުވައިގެން އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުދުރަތީ ރީތި ކަމަކީ ރާއްޖެ އަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމަށާއި އެ އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށެވެ.

މި އަހަރުގެ ދިރޭތަކެތީގެ ނަސްލުގެ ދުވަހުގެ ޝިއާރަކީ "ހާމަނީ ވިތު ނޭޗަ އެންޑް ސަސްޓެއިނަބަލް އެނަޖީ" އެވެ.