Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިލަތިލާން ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ރައްޔިތުންގެ މަޖިލީހުން ވަކިކުރުމުންނެވެ.

އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދު މެންދުރުފަހު 12:00 އަށް ހަމަވެފައިވާއިރު 12 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެއީ:

1. ހައިކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް

2. ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް

3. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު

4. ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން

5. ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު

6. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް

7. ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދު

8. ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު

9. ކުރީގެ އެސިސްޓެންޓް ފްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ އަހުމަދު

10. ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް

11.ގ. އަންމޯލް، އިބްރާހީމް އަލީ

12.ގއ. ކޮނޑޭ، ދާރުއްސަލާމް، މުހައްމަދު އިބްރާހީމް

ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.