Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު މާދަމާ ފަށަނީ

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މައުރަޒު ކުރިއަށް ދާނީ މާދަމާ އިން ފެށިގެން މި މަހުގެ 31 އާ ހަމައަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ.

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓަ ކޯޕަރޭޝަން ބީސީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ދިވެހިންގެ އުފެއްދުންތެރިކަމުގެ 5،000 އަށް ވުރެ އައިޓަމްތައް ފެނިގެން ދާނެ ކަމަށް އެތަނުން ބުނެފައިވެ އެވެ.

މައުރަޒާ ގުޅޭ އިތުރު މައުލޫމާތު މިއިން www.expo.mv ލިބޭނެ އެވެ.