Last Updated: May 25, 22:34
Sunday, May 25, 2025
ޚަބަރު

އައްޑު އަށް ޤުރުއާން ހިތުދަސް އިތުރު ޚާފިޒާއެއް

ރާއްޖޭގައި ޤުރުއާން ހިތުދަސް މީހުން އެންމެ ގިނައިން ތިބި އައްޑޫން އަނެއްކާ ވެސް އިތުރު މީހަކު ޤުރުއާން ހިތުތަސްކޮށް ސަނަދު ހާސިލުކޮށްފި އެވެ.

އެއީ ހިތަދޫ، ޕޫލްވިލާ މައުޞޫމާ މުޙައްމަދު، 50، އެވެ. އޭނަ ޤުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދައި ފާސްވެފައި ވަނީ އެއްވަނަ ދަރަޖައިގަ އެވެ.

މައުސޫމާގެ މި ކާމިޔާބީއާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ މިނިސްޓްރީގައި މައުސޫމާ އަށް ހިތްވަރު ދެއްވުމުގެ ގޮތުން އޭނަ އާއި އާއިލާއާ ބައްދަލުކޮށް، މައުސޫމާ ހޯދި ކާމިޔާބީ އަށް މަރުހަބާ ވެސް ކިޔައިފަ އެވެ.

މައުސޫމާއާ އެކު މިހާރު ޤުރުއާން ހިތުދަސް އައްޑޫ މީހުންގެ އަދަދު މި ވަނީ 66 އަށް އަރައިފަ އެވެ.

ދެ ވަނައަށް ހާފިޒުން އެންމެ ގިނައީ ފުވައްމުލަކުގަ އެވެ. އެއީ 61 ޚާފިޒުންނެވެ. އެބަތިއްބެވެ. އެ މީހުންގެ އެވްރެޖު އުމުރަކީ 48 އަހަރެވެ. ތިން ވަނަ އަށް ޚާފިޒުން އެންމެ ގިނައީ ޅ. ނައިފަރުގަ އެވެ. އެ ރަށުގެ ޚާފިޒުންގެ އަދަދަކީ 10 އެވެ.

ވެރިރަށް މާލޭގައި ޚާފިޒުންގެ އަދަދަކީ އުޅެނީ 47 އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބުނީ، ރާއްޖޭގައި މިހާރު ހުރި އެންމެ ޒުވާން ހާފިޒަކީ ބ. ހިތާދޫ، 10 އަހަރުގެ އަމަން އަހުމަދު އާތިފު ކަމަށެވެ. އަދި އެންމެ ދުވަސްވީ ޚާފިޒަކީ އައްޑޫ ފޭދޫ އައިސްގޭ، 91 އަހަރުގެ މުހައްމަދު ނައީމް އެވެ.

ރާއްޖޭގައި މި ވަގުތު 268 ޚާފިޒުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 141 ފިރިހެން ޚާފިޒުންނާއި އަންހެން 127 ޚާފިޒާއިންނެވެ.

މިނިސްޓަރު ޝަހީމު މިއަދު ވަނީ ޤުރުއާން ހިތުދަސްކުރި 13 އަހަރުގެ ފިރިހެން ކުއްޖަކާ ބައްދަލުކޮށް ހިތްވަރު ދީ، މަރުހަބާ ދަންނަވައިފަ އެވެ.

އެއީ އއ. މަތިވެރިން އެންމެ ފުރަތަމަ ޤުރުއާން ހިތު ދަސްކުރި ޙާފިޒު، އިބްރާހީމް މުޠީޢު މުޙައްމަދެވެ. ޤުރުއާން ހިތުދަސްކުރާ އެ ރަށު ކުދިންނަށް އިނާމެއްގެ ގޮތުގައި 50،000ރ. ދޭން ވެސް ކައުންސިލުން މިހާރު އޮތީ ނިންމައިފަ އެވެ.

އެހެންވެ އި އިނާމު ލިބޭ ފުރަތަމަ ޚާފިޒަކަށް ވާނީ މުތީއު އެވެ.