Last Updated: May 25, 22:34
Sunday, May 25, 2025
ޚަބަރު

ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި ހަދަނީ

ފުލުހުންގެ މައި މަރުކަޒާއި ޑާޓާ ސެންޓަރު ހުޅުމާލޭގައި ގާއިމު ކުރަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިއްޔެ އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ފުލުހުންގެ އިދާރާ ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލެވެ.

ނަމަވެސް އަދި މި މަޝްރޫއާ ގުޅޭ ތަފުސީލުތަކެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މިހާރު ފުލުހުންގެ މައި އިދާރާ އަކީ މާލޭގެ މޫނުމަތީގައި ގާއިމުކޮށް ހުރި ޝަހީދު ހުސައިން އާދަމް ބިލްޑިން އެވެ. އެއީ 1999 ވަނަ އަހަރު ހުޅުވި އިމާރާތެކެވެ. ޝަހީދު ހުސެއިން އާދަމް އިމާރާތް އެންމެ ފުރަތަމަ ބޭނުން ކުރީ ފުލުހުންނާއި ސިފައިންނެވެ.

އެ އިމާރާތް ފުލުހުންނަށް ޚާއްސަ ކުރީ ފުލުހުންނާއި ސިފައިންގެ ހިދުމަތް ވަކިވި ހިސާބުންނެވެ.