Last Updated: May 25, 22:34
Sunday, May 25, 2025
މުނިފޫހިފިލުވުން

'މަރިޔަމް މަލާ' އަށް ފަހު "އީދު ގޮމާ'

ރާއްޖޭގެ ބޮޑުބެރު ގްރޫޕެއް ކަމަށްވާ އެކަތި ބޮޑުބެރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި "މަރިޔަމް މަލާ" ގެ ނަމުގައި ގެނެސްދިން މަގުބޫލު ވީޑިއޯ ލަވަ އަށް ފަހު، ބޮޑު އީދަށް ވެސް މިފަދަ ހަދިޔާއެއް ފޭނުންނަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

މިއަދު ޓީޒާއެެއް ވެސް އާންމުކޮށްފައިވާ އާ ލަވައިގެ ނަމަކީ "އީދު ގޮމާ" އެވެ. މި ލަވައިން މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ފެނިގެން ދާނެ އެވެ. ބ. ކިހާދޫގައި މަންޒަރުތައް ނަގާފައިވާ "އީދު ގޮމާ" ޑައިރެކްޓްކޮށްފައި ވަނި އައްޒަގެ ފިރިމީހާ، އެކްޓަރު/ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ) އެވެ.

އެކަތި ބޮޑުބެރުގެ މި އާ ލަވަ އާންމުކުރާނީ އަންނަ މަހު ފާހަގަކުރާ ބޮޑު އީދުގަ އެވެ.

"އީދު ގޮމާ" ގެނެސްދޭ އިރު، "މަރިޔަމް މަލާ" އަކީ ވަރަށް ބޮޑަށް ޓްރެންޑްވި ލައެކެވެ. އެ ލަވަ ޑައިރެކްޓްކުރީ ރަވީ ފާރޫގެވެ.