Last Updated: May 25, 22:34
Sunday, May 25, 2025
ޚަބަރު

ޗައިނާގެ އެހީގައި ކައުންސިލް އިމާރާތްތައް އަޅަނީ

ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް އެޅުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމަރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެެ.

މި އެއްބަސްވުމުގެ ދަށުން 50 ކައުންސިލެއްގެ އިމާރާތް ޑިޒައިންކޮށް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި 50 އިމާރާތުގެ ތެރެއިން ފުރަތަމަ ބާވަތުގެ އިމާރާތުގައި ހިމެނެނީ 30 އިމާރާތެވެ. އަދި ބާކީ 20 އިމާރާތް ހިމެނެނީ ދެވަނަ ބާވަތުގަ އެވެ.

މީގެކުރިން ވަނީ 55 ކައުންސިލެއްގެ އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރުއޫ ހަވާލުކޮށްފައި ވަނީ ދެ އަހަރާ ހަމަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކައުންސިލުތަކުގެ އިމާރާތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.