Last Updated: June 8, 14:06
Monday, June 8, 2026
ޚަބަރު

ތަހުގީގަކަށް ހިތަދޫ މީހަކު ހޯދަނީ

ހުޅުމާލެ ފޭސް ދޭއްގެ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އައްޑޫ ހިތަދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަނި އެ އަވަށު ސެންޓްރާލް، މުމްތާޒް ހުސައިން، 53، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް މުމްތާޒް ހާޒިރުވާން އަންގާފައިވެ އެވެ.