Last Updated: May 30, 21:29
Friday, May 30, 2025
ޚަބަރު

ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ސައުދީގައި

ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށް ސައުދީ އަރަބިއްޔާގައި ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ކްލިނިކް ގާއިމް ކުރުމަށް ސައުދީ ސަރުކާރުން ހައްޖު މިޝަންއަށް ރަސްމީކޮށް ހުއްދަ ދީފައިވާ ކަމަށެވެ.

ކްލިނިކް ގާއިމު ކުރާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ހައްޖު ކޯޕަރޭޝަނުން ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ގާއިމްކޮށްފައިވާ ކަމަށާއި، ބޭސްފަރުވާ އާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ގާއިމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ މިއީ މިގޮތަށް ސައުދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމުކުރެވިގެންދާ ފުރަތަމަ ފަހަރު ކަމަށްވެސް ވިދާޅުވެފަ އެވެ.

މިއަހަރު ރާއްޖޭން ހައްޖަށް ދާ މީހުން އަންނަ ހޯމަ ދުވަހު ފުރަން ފަށާނެ އެވެ. ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ހައްޖު ދުވަސް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.