އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ، ކިމް ކާޑޭޝަން ގާނޫނީ ދާއިރާ އިން ގްރެޖްއޭޓްވެއްޖެ އެވެ.
ގާނޫނީ ވަކީލަކަށް ވާން އޭނަ ކިޔަވަން ފެށީ 2019 ގަ އެވެ.
ހަ އަހަރު ދުވަހުގެ މި ދަތުރު ނިންމާލައި، ގްރެޖްއޭޓްވެ، ކިމް ވަނީ އެ ކާމިޔާބީ އާއިލާ އާއި ގާތް ރައްޓެހިންނާ އެކު ވެސް ފާހަގަކޮށްފަ އެވެ. އެ މަންޒަރު ފެންނަ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.
ވަކީލެއްގެ ގޮތުގައި ރަސްމީކޮށް ކިމް އަށް ރަސްމީކޮށް މަސައްކަތް ކުރަން ފުރުސަތު ލިބޭނީ ކެލިފޯނިއާގެ ބާ އިމްތިހާނުގައި ބައިވެރިވެ، އެ އިމްތިހާނުން ފާސްވުމުންނެވެ. އެހެންވެ އަންނަ ޖުލައި މަހުގެ ތެރޭގައި އެތަނުން ބާއްވާ ބާ އިމްތިހާނުގައި ކިމް ބައިވެރިވާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ކިމް، 44، އަކީ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓްގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި 2022 ގައި ރޫޅައިލި އިރު، ހަތަރު ދަރިން ލިބިފައިވެ އެވެ.