Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ކަރަންޓް ކޭބަލްތަކަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި

ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ނަސީމީވިލާ / ށ.މިލަންދޫ، އިސްމާޢީލް ސަމީމް (29އ) ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން ހަތް ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.