Last Updated: May 8, 13:19
Thursday, May 8, 2025
ޚަބަރު

އެފްއެސްއެމް އައްޑޫ އޮފީހުގެ އިސްވެރިޔަކަށް އީނާ ހަމަޖައްސައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ފަރާތުން އައްޑޫގައި ހުންނަވާ އިސްބޭފުޅެއްގެ މަޤާމަށް ސ.ފޭދޫ ފަރިމާގެ އީނާ ނަސީރް ހަމަޖައްސައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އީނާ ބުނި ގޮތުގައި އެފްއެސްއެމްގެ އިސްވެރިޔާގެ ވަޒީފާއަށް އޭނާ އައްޔަން ކޮށްފައިވާ ކަމަށާއި ބައެއް މީޑިޔާ ތަކުގައި އެސްޓީއޯގެ އިސް ވަޒީފާއެއް ހަމަޖެއްސިކަމަށް ރިޕޯޓްކޮށްފައިވާ ވާހަަކައަކީ ދޮގު ވާހަކައެއް ކަމަށެވެ.

ސ.ފޭދޫގައި ޕީޕީއެމް ގޮފީގައި އިސްކޮށް ހަރަކާތްތެރިވާ އީނާ ވަނީ އެޕާޓީގެ ޓިކެޓްގައި 2014 ވަނަ އަހަރު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކޮށްފައެވެ. ނަމަވެސް އިންތިޙާބްގައި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ފަހުމީ އަހްމަދް އާއި ވާދަކޮށް އީނާ ވަނީ ބަލިވެފައެވެ.

އެފްއެސްއެމް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.