Last Updated: May 25, 09:04
Sunday, May 25, 2025
ދުނިޔެ

ޑެންމާކްގައި ރިޓަޔަކުރާ އުމުރު 70 އަށް

ޑެންމާކްގައި ވަޒީފާތަކުން ރިޓަޔާކުރާ އުމުރު 70 އަށް މަތިކުރަން ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެެވެ.

އެ ބިލް ފާސްކޮށް މިހާރު ގާނޫނަކަށްވުމުގެ މަރުހަލާގައި އޮތް، ޑެންމާކް ވާނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރިޓަޔާކުރާ އުމުރު އެންމެ މަތި ގައުމަށެވެ.

މިކަމާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ނެގި ވޯޓްގައި ބިލު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގަތް 81 މެންބަރުންގެ ތާއިދާ އެކީގަ އެވެ. ބިލާ ދެކޮޅަށް ވޯޓް ދެއްވީ 21 މެންބަރެކެވެ.

ޑެންމާކްގައި ރިޓަޔާކުރާ އުމުރު 70 އަށް މަތިކުރަން ފާސްކުރުމާ ގުޅިގެން އެ ގާނޫނަކަށްވެގެން ދިއުމާ އެކީ ޑިސެ،މްބަރު 31، 1970 ފަގެ ހުން އުފަންވި މީހުންގެ މައްޗަށް ގާނޫނު ތަންފީޒުވާން ފަށާނެ އެވެ. މިހާރު ޑެންމާކްގެ ރިޓަޔަމަންޓް އުމުރަކީ 67 އެވެ.

އެ ގައުމުގެ ސްޓެޓިކްސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަ މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ގައުމުގެ 60-69 އަހަރާ ދެމެދުގެ މީހުންގެ އާބާދީ އުޅެނީ 713،000 ގަ އެވެ. އަދި 70-79 އަހަރާ ދެމެދުގެ މީހުންގެ އާބާދީ އުޅެނީ 580،000 ގަ އެވެ.

ޑެންމާކްގައި މިހާރު ޕެންޝަން ލިބޭ އާބާދީ 80،000 އަށް އަރަ އެވެ.