މިސް ޔުނިވާސްގެ ތާޖު ހާސިލުކޮށްފައިވާ ސުޝްމިތާ ސެންއާ އެކު ފިލްމު "ދަސްތަކް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު މުކުލް ދޭވް މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އުމުރުން 54 އަހަރުގެ އެކްޓަރު މަރުވީ ރޭގެ ވަގުތެއްގައި ކަމަށެވެ.
Really upset with the sad news of dear Mukul leaving us so soon. A powerhouse performer and a lovely person. My deepest condolences to @RahulDevRising @mugdhagodse267 and the entire family. God be with you all during these tough times. 🙏🏻🙏🏻🙏🏻. Om Shanti. pic.twitter.com/48ARopc9vk
— Neil Nitin Mukesh (@NeilNMukesh) May 24, 2025
ނަމަވެސް މުކުލްގެ މަރާ ގުޅޭ އިތުރު އެެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ. އެކަމަކު ބައެއް ޑިއާތަކުން ބުނީ އޭނަ މަރުވީ ސިއްހީ ހާލު ދެރަވެގެން އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަތާ ދުވަސްކޮޅެއްވެފައި ވަނިކޮށް ކަމަށެވެ.
ކެރިއަރުގެ އެންމެ ކުރީކޮޅު ފިލްމުތަކުގައި ލީޑް ރޯލު ކުޅުނު ނަމަވެސް ފަހުން މުކުލް ފެންނަމުން ގޮސްފައި ވަނީ ސަޕޯޓިން ރޯލުތަކުންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އަންތު: ދި އެންޑް" އެވެ.
ނިއު ދިއްލީ އަށް އުފަން މުކުލް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "މޭރޭ ދީ އައްމޯލް ރަތަން"، "އޭކް ކިލާޅީ އޭކް ހަސީނާ"، "ޔަމްލާ ޕަގްލާ ދީވާނާ"، "ސަން އޮފް ސަރުދާރު"، "ޖޭ ހޯ"، "އާރް…ރާޖްކުމާރު" އަދި "ޕާގަލްޕަންތީ" ހިމެނެ އެވެ.
މި އަހަރު ރިލީޒްކުރާނެ ކަމަށް ބެލެވޭ އަޖޭ ދޭވްގަންގެ "ސަން އޮފް ސަރުދާރު 2" އިން މުކުލް ފެންނާނެ އެވެ.
Rest in peace my brother #MukulDev ! The time spent with you will always be cherished and #SonOfSardaar2 will be your swansong where you will spread joy and happiness to the viewers and make them fall down laughing ! pic.twitter.com/oyj4j7kqGU
— Vindu Dara Singh (@RealVinduSingh) May 24, 2025
މުކުލް ވަނީ ފިލްމުތަކުގެ އިތުރުން ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭނަގެ އެކްޓިން ދަތުރުގެ ފެށުމަކީ 1996 ގެ ޓީވީ ސިލްސިލާ "މުމްކިން" އެވެ.
މުކުލް އަކީ އާންމުކޮށް ފިލްމުތަކުގެ ނުބައިބައި ރޯލުތަކުން ފެންނަ އެކްޓަރު ރާހުލް ދޭވް، 56، ގެ ކޮއްކޮއެކެވެ.