Last Updated: May 25, 09:57
Sunday, May 25, 2025
ޚަބަރު

ދިވެހި ހައްޖާޖީންގެ އަދަދު ހޯމަ ދުވަހު ހާމަކުރަނީ

މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންގެ އަދަދު ހޯމަ ދުވަހު ހާމަކުރާނެ ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ދުވަހަކީ ރާއްޖެ އިން ހައްޖަށްދާ މީހުން ފުރަން ފަށާ ދުވަސް މެ އެވެ.

ހައްޖު ކޯޕަރޭޝަން ބުނީ ހޯމަ ދުވަހު ދިވެހިން ހައްޖާޖީންގެ އަދަދާއި ހައްޖާޖީންގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހާމަކުރާނެ ކަމަށެވެ. ދިވެހި ހައްޖާޖީން ސައުދީ އަރަބިއްޔާ އަށް ފުރަން ނިންމާފައި އޮތީ ހަތަރު ދުވަސް މަތިންނެވެ. އެއީ 26 އާއި 27 ގެ އިތުރުން 29 އާއި 30 ގަ އެވެ.

ސައުދީ އަށް މި ފަހަރު ގައުމީ އެއާލައިން، މޯލްޑިވިއަނުން ވެސް ހައްޖާޖީންތަކެއް އުފުލާނެ އެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުން ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ސަރުކާރުގެ ހަރަދުގައި މި އަހަރު ވެސް 50 ފަގީރުން ހައްޖަށް ދާނެ އެވެ.

މިދިޔަ އަހަރު ރާއްޖެ އިން ހައްޖަށް ދިޔައީ 1،150 މީހުންނެވެ. އެއީ ރަސްމީ ކޯޓާގެ އިތުރުން ރިޒާވް ކޯޓާތަކުގައި ހައްޖަށް ދިޔަ މީހުންނާ އެކީގަ އެވެ. މި އަހަރު ވެސް ކޯޓާތަކެއް ރިޒާވްކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ހައްޖަށް ދާން ކިއުގައި ތިބު ހުރިހާ އެންމެންނަށް ވެސް އެ ފުރުސަތު ދީފައިވެ އެވެ.