އިމިގްރޭޝަނަށް 50 ޓްރެއިނީ އޮފިސަރުން ހޯދަން މިއަދު ކުރިއަށް ގެންދާ ވޯކް-އިން އިންޓަވިއު އަށް ގިނަ ބަޔަކު ކިޔު ދަމާލައިފި އެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން އިންޓަވިއު ކުރިއަށް ދަނީ ގަލޮޅު ސްކޫލް އެވެ. މި އިންޓަވިއު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އެހެންވެ އިމިގްރޭޝަން އޮފިސަ ޓްރެއިނީގެ މަގާމަށް ޝައުގުވެރިވާ 40 އަހަރުން ދަށުގެ މީހުން ސީވީ ހިފައިގެން ގޮސް އިންޓަވިއުގައި ބައިވެރިވޭނެ އެވެ.
މި އިންޓަވިއު ކުރިއަށްދާ އިރު، އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު ވެސް ހެނދުނު ގަލޮލު ސްކޫލަށް ވަޑައިގެން އިންޓަވިއު ކުރިއަށްދާ ގޮތް ބައްލަވާފައިވެ އެވެ.