Last Updated: May 26, 09:00
Monday, May 26, 2025
ޚަބަރު

ށ. އަތޮޅުގެ ހުރިހާ ރަށަކަށް ވެސް އޭޓީއެމް

ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.

މިހާތަނަށް އެ އަތޮޅުގައި ހިދުމަތް ތައާރަފުކޮށްފައި އޮތީ ހަތަރު ރަށެއްގަ އެެވެ. ނަމަވެސް ބާކީ ހުރި 10 ރަށުގައި ވެސް ވަނީ އޭޓީއެމްގެ ހިދުމަތް ފަށައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބިލެތްފަހި، ފޭދޫ، ގޮއިދޫ، ކަނޑިތީމު، ނޫމަރާ، ޅައިމަގު، ނަރުދޫ، ފީވަށް، ފޯކައިދޫ އަދި މަރޮއްޓެވެ.

ށ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ބީއެމްއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރައީސްގެ ވަޢުދާ އެއްގޮތަށް ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ގޮތުން ލޯނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް އޭޓީއެމާއެކު ލިބޭނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ބީއެމްއެލްގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. މިއާ އެކު ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކުގައި 250 އަށް ވުރެ ގިނަ އޭޓީއެމް ހުންނާނެ އެވެ.

އަތޮޅު ތެރޭގެ ހުރިހާ ރަށަކަށް އޭޓީއެމް ތައާރަފު ކުރުމަކީ ރައީސް ޑރ. މުހައްމަދުގެ ވައުދަކާ އެއްގޮތަށް ކުރިއަށް ގެންދާ މަސައްކަތަތެކެވެ.