Last Updated: May 26, 09:30
Monday, May 26, 2025
ޚަބަރު

އެކްސްޕޯގައި ގައިދީންގެ ހުނަރު ދައްކާލައިފި

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ޤައިދީންނާއި ޕްރިޒަން އޮފިސަރުންގެ ހުނަރުތައް ދައްކާލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ހުނަރާއި މަސައްކަތްތައް ދައްކާލައިފާ ވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) މެދުވެރިކޮށެވެ.

އެގޮތުން މި މައުރަޒުގައި ބައިވެރިކުރި އައިޓަމްތަކުގެ ތެރޭގައި 21 ޤައިދީންގެ 16 އައިޓަމް އާއި ހަތަރު އޮފިސަރުންގެ ހަތަރު އައިޓަމް ހިނެ އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒުގައި ޤައިދީންގެ އައިޓަމްތައް ބައިވެރިކުރުމުގެ މަގްސަދަކީ ޤައިދީންނަށް އެމީހުންގެ ހުނަރުތައް މުޖްތަމަޢުއަށް ދައްކާލުމަށް ފުރުސަތުތައް ހޯދައިދިނުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން އެފާރާތްތަކަށް ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް އެމްސީއެސް އިން ބުނެ އެވެ.

މި މައުރަޒުގައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ބައިވެރިވި ޤައިދީންގެ ތެރެއިން ތިން ޤައިދީއަކަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ރޭ ދީފައިވާ ކަމަށާއި އަދި މައުރަޒު ކުރިއަށްދާއިރު އިތުރު ޤައިދީންނަށް މި ފުރުސަތު ދެވޭނެ ކަމަށްވެސް އެމްސީއެސް އިން ބުނެ އެވެ.