Last Updated: May 31, 10:32
Saturday, May 31, 2025
ރިޕޯޓް

ތަޤްވާވެރިންނަށް 'ދުނިޔެވީ' އުފާވެރި 10 ޚަބަރެއް!

1. އެހީތެރިވެވޮޑިގަތުމާއި މަދަދުގެ އުފާވެރި ޚަބަރު

މާތް الله ވަޙީކުރައްވާފައިވެ އެވެ. ﴿إِنَّ اللهَ مَعَ الَّذِينَ اتَّقَوْا﴾ [النحل: 128]. މާނައީ: ”ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތަޤްވާވެރިވި މީހުންނާ އެކުގައެވެ.”

2. ފާފަފުއްސެވުމާއި މަތިވެރި އަޖުރު ދެއްވުމާއި ހެޔޮމަގުގައި ސާބިތުކުރެއްވުމުގެ އުފާވެރި ޚަބަރު

މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ الَّذِينَ اسْتَجَابُواْ لِلهِ وَالرَّسُولِ مِن بَعْدِ مَا أَصَابَهُمُ الْقَرْحُ لِلَّذِينَ أَحْسَنُواْ مِنْهُمْ وَاتَّقَواْ أَجْرٌ عَظِيمٌ ﴾ [آل عمران: 172]. މާނައީ: ” އެއީ، އެއުރެންނަށް ވޭނާއި، ހާނީއްކަ ލިބުމަށްފަހުވެސް، ﷲއާއި، ރަސޫލާއަށް އިޖާބަދިން މީހުންނެވެ. އެއުރެންގެ ތެރެއިން އިޙްސާންތެރިވެ ތަޤްވާވެރިވި މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ.”

3. ހުރިހާ ފާފަތަކެއް ފުއްސެވުމުގެ އުފާވެރި ޚަބަރު

މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ وَلَوْ أَنَّ أَهْلَ الْكِتَابِ آمَنُواْ وَاتَّقَوْاْ لَكَفَّرْنَا عَنْهُمْ سَيِّئَاتِهِمْ وَلأدْخَلْنَاهُمْ جَنَّاتِ النَّعِيمِ ﴾ [المائدة: 65]. މާނައީ: ” ހަމަކަށަވަރުން، ފޮތުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވީނަމަ، އެއުރެންގެ ކުށްތައް ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ފުއްސެވީމުހެވެ. އަދި ނިޢުމަތުގެ ސުވަރުގެތަކަށް ތިމަންރަސްކަލާނގެ އެއުރެން ވެއްދެވީމުހެވެ. “

4. ކަންކަމުގައި ފަސޭހަކޮށް ދެއްވުމުގެ އުފާވެރި ޚަބަރު

މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ وَمَن يَتَّقِ اللهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴾ [الطلاق:4]. މާނައީ: ”އަދި ﷲއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.“

5. ދަތި އުނދަގޫ ކަންކަމުން ނުކުންނާނެ ފަސޭހަ މަގެއް ދައްކަވާނެކަމުގެ އުފާވެރި ޚަބަރު

މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ وَمَن يَتَّقِ اللهَ يَجْعَل لَّهُ مَخْرَجًا ﴾ [الطلاق: 2]. މާނައީ: ”އަދި ﷲއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. “

6. ތަނަވަސްވެގެންވާ ރިޒްޤުދެއްވާ ކަމުގެ އުފާވެރި ޚަބަރު

މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ وَلَوْ أَنَّ أَهْلَ الْقُرَى آمَنُواْ وَاتَّقَواْ لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالأَرْضِ وَلَكِن كَذَّبُواْ فَأَخَذْنَاهُم بِمَا كَانُواْ يَكْسِبُونَ ﴾ [الأعراف: 96]. މާނައީ: ” ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ ޢަޛާބުން) އެއުރެން ހިއްޕެވީމެވެ. “

7. ޢިލްމާއި ޙިކުމަތާއި ވިސްނުންތޫނުކަމާއި ހިދާޔަތުގެ މަގު ދައްކަވާނެކަމުގެ އުފާވެރި ޚަބަރު

މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّ الَّذِينَ اتَّقَواْ إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُواْ فَإِذَا هُم مُّبْصِرُونَ ﴾ [الأعراف: 201]. މާނައީ: ”ހަމަކަށަވަރުން، ތަޤްވާވެރިވި މީހުންގައި ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (ﷲ) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ.“

އަދިވެސް މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا إِنْ تَتَّقُوا اللَهَ يَجْعَلْ لَكُمْ فُرْقَانًا وَيُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ وَاللَهُ ذُو الْفَضْلِ الْعَظِيمِ ﴾ [الأنفال: 29]. މާނައީ: ” އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ތަޤްވާވެރިވާނަމަ، ތިޔަބައިމީހުންނަށް ޙައްޤާއި، ބާޠިލު ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. ﷲއީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. “

އަދިވެސް މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَهَ وَآمِنُوا بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِ ﴾ [الحديد: 28]. މާނައީ: ” އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި އެކަލާނގެ ރަސޫލާއަށް އީމާން ވާށެވެ! އޭރުން އެކަލާނގެ ރަޙްމަތުން އެކަލާނގެ ތިޔަބައިމީހުންނަށް ދެގުނަ ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް އޭގެ އަލީގައި މަގު ހިނގާނޭ ނޫރެއް، އެކަލާނގެ ލައްވާނެތެވެ. “

8. އެންމެ މާތް މީހުންގެ ތެރޭގައި ލެއްވުމުގެ އުފާވެރި ޚަބަރު

މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّ أَكْرَمَكُمْ عِنْدَ اللهِ أَتْقَاكُمْ ﴾ [الحجرات: 13]. މާނައީ: ”ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ.“

9. މާތް الله ގެ ލޯބިވެވޮޑިގަތުން ލިބޭކަމުގެ އުފާވެރި ޚަބަރު

މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ بَلَى مَنْ أَوْفَى بِعَهْدِهِ وَاتَّقَى فَإِنَّ اللهَ يُحِبُّ الْمُتَّقِينَ ﴾ [آل عمران: 76]. މާނައީ: ” އެހެންނަކުންނޫނެވެ! އެމީހެއްގެ ޢަހުދު އެމީހަކު ފުރިހަމަޔަށް އަދާކޮށް، ތަޤްވާވެރިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތަޤްވާވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ. “

އަދިވެސް މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ فَأَتِمُّواْ إِلَيْهِمْ عَهْدَهُمْ إِلَى مُدَّتِهِمْ إِنَّ اللهَ يُحِبُّ الْمُتَّقِينَ ﴾[التوبة: 4].މާނައީ: ”ފަހެ، ތިޔަބައިމީހުން އެއުރެންގެ މުއްދަތު ހަމަވަންދެން އެއުރެންގެ ޢަހުދު ފުރިހަމަކުރާށެވެ! ހަމަކަށަވަރުން، ތަޤްވާވެރިންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ.“

އަދިވެސް މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ فَمَا اسْتَقَامُواْ لَكُمْ فَاسْتَقِيمُواْ لَهُمْ إِنَّ اللهَ يُحِبُّ الْمُتَّقِينَ ﴾[التوبة: 7].މާނައީ: ” ފަހެ، އެއުރެން ތިޔަބައިމީހުންނަށް ސީދާވެގެންތިބިހާ ހިނދަކު ތިޔަބައިމީހުންވެސް އެއުރެންނަށް ސީދާވާށެވެ! ހަމަކަށަވަރުން، ތަޤްވާވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެ އެވެ.“

10. ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބޭނެކަމުގެ އުފާވެރި ޚަބަރު

މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آَمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُضَاعَفَةً وَاتَّقُوا اللهَ لَعَلَّكُمْ تُفْلِحُونَ ﴾ [آل عمران: 130]. މާނައީ: ”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން ރިބާ ނުކާށެވެ! އަދި، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.“

އަދިވެސް މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُواْ اصْبِرُواْ وَصَابِرُواْ وَرَابِطُواْ وَاتَّقُواْ اللهَ لَعَلَّكُمْ تُفْلِحُونَ ﴾ [آل عمران: 200]. މާނައީ: ”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (ދުޝްމަނުންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، ދުޝްމަނުން އަތުވެދާނޭ މަގުތަކަށް ބަލަބަލާ ޖިހާދު ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.“

މަސްދަރު: އިލްމު.އެމްވީ